ޢުމްރާއަށް ދަނީތަ؟ މިކަންކަމަށް ސަމާލުވާތި

އަވަސް

18 ޑިސެމްބަރު 2025 | ބުރާސްފަތި | 1:27

ޚައްޖާއި ޢުމްރާގެ އަޅުކަމަށް އަހަރެމެން ކުރަނީ ވަރަށް މަތިވެރި ދަތުރެކެވެ. ކަޢުބަތުالله ގެފުޅުގެ މާތް ބިމަށް ކުރާ މި ދަތުރަކީ ރޫޙާނީ، މާތް އަމާޒެއްގައި ކުރާ ދަތުރެކެވެ. އެކަމަކު މި ދަތުރުމަތީގައި މާއްދީ، ޖިސްމާނީ އެތައް ކަމަކާ މެދު ވިސްނުން ބަހައްޓަން ޖެހެ އެވެ. ދުނިޔޭގެ އެތަން މިތަނުން މުސްލިމުން މައްކާގެ މާތް ބިމަށް ކުރާ މި ދަތުރުގައި ތޮއްޖެހޭ ހާލަތްތައްވެސް ކުރިމަތިވެ އެވެ. އުންމީދު ނުކުރާ ބައެއް ހާލަތްތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ. މި ދަތުރުގައި ދަނީ އެކަނި ކަމުގައި ވިޔަސް، އާއިލާއާއެކު ކަމުގައި ވިޔަސް ނުވަތަ ގްރޫޕަކާއެކު ކަމުގައި ވިޔަސް ޖިސްމާނީ އަދި ދުނިޔަވީ ބައެއް ކަންކަމަށް ސަމާލުވާން ޖެހެ އެވެ. ތިރީގައި މި ވަނީ މިފަދަ ބައެއް ކަންކަމާއި ހާލަތްތަކެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަމަށް އެތައް މިލިއަން މުސްލިމުންނެއް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދާއިރު ހުމާއި ރޯގާ އަދި ކޮވިޑް-19 ފަދަ ގައިންގަޔަށް ފެތުރޭ ބަލިތައް ފެތުރުމަކީ ހިނގާ ކަމެކެވެ. މީގެ އިތުރުން ހޫނުވުމުގެ ސަބަބުން ވަރުބަލިވުމާއި، އެކަށީގެންވާ ވަރަށް ފެން ނުބޮވުމުގެ ސަބަބުން ގައިން ފެންމަދުވެ ޑީހައިޑްރޭޓުވުން ފަދަ ކަންކަން ވެސް ހިނގައެވެ.

އެތައް ބަޔަކު ބޭނުންކުރާ އާންމު ދަތުރުފަތުރާއި އެކޮމޮޑޭޝަންތަކުގައި ވަގުތު ހޭދަކުރަންޖެހޭ އިރު، ޕާސްޕޯޓާއި އެކިއެކި ލިޔެކިޔުންތަކާއި، ލަގެޖާއި އަމިއްލަ މުދާ ލިބުންލަސްވެ ނުވަތަ ގެއްލުމުގެ ފުރުޞަތު ބޮޑެވެ. މިފަދަ އެއްޗެއް ގެއްލިއްޖެ ނަމަ އަޅުކަން ފުރިހަމަކުރުމަށް ވުރެ މިކަންކަމަށް ފިކުރު ބޮޑުވެދާނެ ހާލަތެއްވެސް މެދުވެރިވެދާނެ އެވެ.

މައުޟޫޢުތަށް