ބިދޭސީން ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު އޭޕްރީލް 2ގެ ނިޔަލަށް

އަވަސް

17 ޑިސެމްބަރު 2025 | ބުދަ | 7:00

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ނިންމައިފި އެވެ.

މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ދެވަނަ ދުވަހާ ހަމައަށެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދަ އޮތް ނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ސައްހަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް އޮޕަރޭޝަން ކުރަނގީގެ ދަށުން "މާސް ލީގަލައިޒޭޝަން ޕްރޮގްރާމެއް" ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިޕްރޮގްރާމްގެ ދަށުން ލީގަލައިޒްވުމުގެ ފުރުސަތު ލިބެނީ ވާކް ޕާމިޓް މުއްދަތު ހަމަވެފައިވުމާއި އެއްވެސް ސަބަބަކާ ހުރެ ބްލެކްލިސްޓްކޮށްފައިވާ ބިދޭސީއެއް ކަމުގައި ނުވުމާއި، ރާއްޖޭގައި މިވަގުތު ހުރި ބިދޭސީއެއް ކަމުގައިވުމާއި، ބިދޭސީ ފަރާތް ލީގަލައިޒް ކުރަން އެދޭ ވަޒީފާދޭ ފަރާތަކީ، އެންމެ ފަހުން ވާކް ޕަމިޓް ދޫކޮށްފައިވާ ވަޒީފާދޭ ފަރާތަކަށް ނުވުމާއި، ވަޒީފާ އަދާކުރުމުގެ ހުއްދައެއްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ބިދޭސީއަކު ކަމުގައިވުމާއި، އެއްފަހަރު ލީގަލައިޒްވެފައިވާ ބިދޭސީއެއް ކަމުގައި ނުވުން އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ވަޒީފާދޭ ފަރާތުން ފިލާފައިވާ ކަމަށް ނުވަތަ ގެއްލިފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގައި ރިޕޯޓުކޮށްފައިވާ ބިދޭސީއެއް ކަމުގައި ވާންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް