އޮޔާދިޔަ ދޯންޏަކުން 10 މީހުން ސަލާމަތްކޮށްފި

އަވަސް

19 ޑިސެމްބަރު 2025 | ހުކުރު | 6:00

ފުވައްމުލަކުން މަސް ބާނަން ނިކުމެއް އުޅުނު ދޯންޏެއް އޮޔާ ދަނިކޮށް ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ "ސަވާރީ" ނަމަކަށް ކިޔާ ދޯނީގެ އިންޖީނު ހުއްޓި އޮޔާދާކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 3:50 ހާއިރު ކަމަށެވެ. ފުވައްމުލައް ސިޓީގެ ޕޮލިހަށް މައުލޫމާތު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ދޯނިން ދަތުރު ކުރި މީހުންގެ ތެރެއިން 10 މީހުން ޕޮލިސް ލޯންޗްގައި ފުވައްމުލަކަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ. މީގެތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި ކުޑަކުއްޖެކެވެ. ދޯނިން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު ސަވާރީ ދޯނި މިހާރު ވަނީ ފުވައްމުލަކަށް ގެންގޮސްފަ އެވެ.

މައުޟޫޢުތަށް