މޫސުން ގޯސްވެ، ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
އަވަސް
20 ޑިސެމްބަރު 2025 | ހޮނިހިރު | 1:09
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވައިޓް އެލާޓް ނެރުނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:45 އިން ހަވީރު 4:00 އާ ހަމައަށެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރާއްޖޭގެ މޫސުން މިއަދަށް ލަފާކުރާ ގޮތާއި ގުޅޭ ގޮތުން މެޓް އޮފީހުން ބުނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. ދެކުނުގައި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވާއިރު އެހެން ސަރަހައްދުތަކުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.