ކ. ގުރައިދޫ ކައިރިން ކިނބުލެއް ހިފައިފި
އަވަސް
20 ޑިސެމްބަރު 2025 | ހޮނިހިރު | 9:22
ކ. ގުރައިދޫ ކައިރިން ހަ ފޫޓުގެ ކިނބުލެއް ހިފައިފި އެވެ.
މި ކިނބޫ ހިފާފައިވަނީ ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން "ރަންމުތް" ކިޔާ ދޯންޏަކުންނެވެ. އެމްއެންޑީއެފުން ބުނީ މި ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖެއަށް ނާދެވޭ ގޮތަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ބައެއް ރަށްރަށް ކައިރިންނާއި ރަށްރަށުގެ ގޮނޑުދޮށުން މީގެކުރިން ވެސް ކިނބޫ ފެނިފައިވެ އެވެ.