ސްޓެލްކޯގެ ހިދުމަތްތަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް އޮންލައިން ފޯމެއް

އަވަސް

20 ޑިސެމްބަރު 2025 | ހޮނިހިރު | 9:34

ސްޓެލްކޯގެ ހިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އޮންލައިން ފޯމެއް ތައާރަފުކޮށްފި އެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ހިދުމަތްތަކާމެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން ހޯދުމަށް އެކުލަވާލާފައިވާ އޮންލައިން ފީޑްބެކް ފޯމެއް ސްޓެލްކޯގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ. މި ފޯމްގައި ސްޓެލްކޯއިން ހިދުމަތް ދެމުންދާ ގޮތާމެދު ހިތްހަމަޖެހޭ މިންވަރާއި ސްޓެލްކޯ އާ ދޭތެރޭ އިތުބާރު އޮތް މިންވަރާއި ސްޓެލްކޯގެ މަސައްކަތުގެ ސްޕީޑް އަދި ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރު ރޭޓް ކުރެވޭނެ އެވެ. މީގެ އިތުރުން ސްޓެލްކޯގެ ކަސްޓަމާ ސާވިސް އާމެދު ދެކޭ ގޮތާއި ހިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަ ހައްލުކޮށް ދިނުމުގައި ސްޓެލްކޯގެ ފަރާތުން އަމަލުކޮށްފައިވާ ގޮތް އަދި ސްޓެލްކޯއިން ހިދުމަތް ފޯރުކޮށްދިނުމުގައާއި، ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރުވެސް ރޭޓް ކުރެވޭނެ އެވެ. މި ފޯމް މެދުވެރިކޮށް ސްޓެލްކޯއިން ހިދުމަތް ދިނުމާ ގުޅޭ ގޮތުން ރަނގަޅު ކުރަންޖެހޭ ނަމަ ފާހަގަކުރެވޭ ކަންކަމާއި ސްޓެލްކޯއިން ހިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާގެ އިތުރުން އިތުރު ހިޔާލު ލިޔެވޭނެ އެވެ. ސްޓެލްކޯ އިން ވަނީ މި ފޯމު މެދުވެރިކޮށް، އެ ކުންފުނީގެ ހިދުމަތްތަކާއި ގުޅޭގޮތުން ހިޔާލު ހުށަހެޅުމަށް އެދިފަ އެވެ.

މައުޟޫޢުތަށް