ފެންބޮޑުވާނެކަމަށް ލަފާކުރެވޭތީ ސަމާލުވާން އެދިއްޖެ
އަވަސް
20 ޑިސެމްބަރު 2025 | ހޮނިހިރު | 5:05
ބޯކޮށް ވާރޭ ވެހުމާއެކު ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިދުވަސްވަރު މޫސުން ގޯސްވެފައިވާއިރު ފެންބޮޑުވުމުގެ އެކި ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. އެންޑީއެމްއޭ އިން ބުނީ ވިއްސާރަވެ ވައިގަދަވުމާއި ފެންބޮޑުވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ ފަދަ މުދާ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުމަށާއި ދަތުރަށް ނިކުންނައިރު ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.