ޓޫރިޒަމް އެނދުގެ އަދަދު 67،000އަށް
އަވަސް
21 ޑިސެމްބަރު 2025 | އާދިއްތަ | 8:57
ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު 67،000 އަށްވުރެ ގިނަ އެނދު ބޭނުންކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިކަމަށް ބޭނުންކުރާ އެނދުގެ އަދަދަކީ 67،069 އެވެ. މީގެ ތެރެއިން 66 ޕަސެންޓް އެނދު ހުރީ ރިސޯޓުތަކުގަ އެވެ. އެގޮތުން 178 ރިސޯޓެއްގައި 44،423 އެނދު ހުރި ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. ރާއްޖޭގެ 113 ރަށެއްގައި ހިންގާ 962 ގެސްޓްހައުސެއްގައި 16،626 އެނދު ހުރިއިރު މިއީ ޖުމްލަ އެނދުގެ 25 ޕަސެންޓެވެ. ފަތުރުވެރިކަމަށް ބޭނުންކުރާ 167 ޓޫރިސްޓް އުޅަނދެއްގައި 3،322 އެނދު ހުރިއިރު ނުވަ ރަށެއްގައި ހިންގާ 16 ޓޫރިސްޓް ހޮޓަލެއްގައި 2،598 އެނދު އެބަހުއްޓެވެ.