އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ އަވަސްކޮށްފި

އަވަސް

21 ޑިސެމްބަރު 2025 | އާދިއްތަ | 4:00

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަވަސްކޮށްފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ކުރިން ނިންމާފައި އޮތީ ކުރިއަށް އޮތް ޖެނުއަރީ 30 ވަނަ ދުވަހު އެވެ. އެމްޑީޕީން މިއަދު ބުނީ އެ ޕާޓީގެ ޕްރައިމަރީ އަވަސްކުރީ އިލެކްޝަން ކޮމިޝަން (އީސީ)އިން ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުމުގެ ތާރީހް ޖެނުއަރީ 17 އިން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެ ކަމަށް ބުނެފައިވާތީ ކަމަށެވެ. އެހެންވެ އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް މިހާރު ހަމަޖައްސާފައިވަނީ ކުރިއަށް އޮތް ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަވެރިކަން އެންމެ ބޮޑު މާލޭގެ މޭޔަރު ޕްރައިމަރީ ގައެވެ. އެ ޕްރައިމަރީގައި ވާދަކުރަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެވެ.

މައުޟޫޢުތަށް