އެންޑީއޭގެ ޗެއާމަނަކަށް ސިއްދީގު

އަވަސް

22 ޑިސެމްބަރު 2025 | ހޯމަ | 10:22

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަނަކަށް އަހުމަދު ސިއްދީގު އައްޔަންކުރައްވައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ އެންޑީއޭއަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ސިއްދީގު އައްޔަންކުރެއްވީ އިއްޔެ އެވެ. ސިއްދީގު އިއްޔެ ވަނީ އެންޑީއޭގެ ސީނިއާ މެނޭޖްމަންޓް ޓީމާވެސް ބައްދަލުކުރައްވާފަ އެވެ. އެންޑީއޭގެ ޗެއާމަންގެ މަގާމުގައި ކުރިން ހުންނެވި ލުބްނާ ޒާހިރު ހުސައިން ވަނީ ފޮރިން މިނިސްޓްރީއަށް ބަދަލުކުރައްވާފަ އެވެ. އެންޑީއޭގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދީ އެ މީހުން ރަނގަޅުކޮށް އަނބުރާ މުޖުތަމައުއަށް ނެރުން ހިމެނެ އެވެ.

މައުޟޫޢުތަށް