ކްރޮސްރޯޑްސް މޯލްޑިވްސްގެ ފެސްޓިވް ސީޒަން ފަށައިފި

އަވަސް

22 ޑިސެމްބަރު 2025 | ހޯމަ | 2:50

އާއިލާ އާއި ރައްޓެހިންނާއެކު ބައިވެރިވެވޭ ގިނަ ހަރަކާތްތަކަކާއެކު ކްރޮސްރޯޑްސް މޯލްޑިވްސްގެ ފެސްޓިވް ސީޒަން ފަށައިފި އެވެ.

ދަ މެރީނާގައި ބާއްވާ ފެސްޓިވް ސީޒަންއަކީ ކުޑަކުދިންނަށްވެސް ބައިވެރިވެވޭ ގޮތަށް ތަފާތު ހަރަކާތްތަކާއެކު ބާއްވާ އުފާވެރި އަދި ހަނދާނުން ނުނެތޭ ފަދަ ހަރަކާތެކެވެ. އެ ގޮތުން ފެސްޓިވް ސީޒަންގައި އެކި ދުވަސްތަކުގައި ތަފާތު ރަހަތަކާއެކު ސައި ކްލަބް ބީޗްގައި ޑިނާ ބުފޭ ކުރިއަށްދާނެ އެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ 10:00 އިން މެންދަރު 2:00 އަށް ކައުންޓްޑައުން ޕާޓީއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ޖެނުއަރީ ހަތަރު ވަނަ ދުވަހު ސައި ބީޗް ކްލަބްގައި ކަލިނަރީ ޝޯޑައުންއެއް ބާއްވާނެ އެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގެ ފެސްޓިވް ސީޒަންގައި ޑިސެމްބަރު 22، 26، 30 އާއި ޖެނުއަރީ 2 އަދި ތިން ވަނަ ދުވަހު މަޖާ ގޭމްތަކަކާއެކު ފެމިލީ ޕޫލް ޕާޓީ ބާއްވާއިރު ޑިސެމްބަރު 22، 28 އަދި ޖެނުއަރީ 4 ވަނަ ދުވަހު ވައިޓް ޕޫލް ޕާޓީ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މައުޟޫޢުތަށް