ވީއައިއޭގެ އާ ޓާމިނަލުން ބައި މިލިއަން މީހުންނަށް ހިދުމަތް ދީފި

އަވަސް

22 ޑިސެމްބަރު 2025 | ހޯމަ | 7:00

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޕެސެންޖާ ޓާމިނަލުން މިހާތަނަށް 500،000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވީ މިއަހަރުގެ މިނިވަން ދުވަހު -- ޖުލައި 26 ގައެވެ. ވީއައިއޭ ހިންގާ ކުންފުނި -- އެމްއޭސީއެލް އިން މިއަދު ބުނީ އާ ޓާމިނަލް ބޭނުންކުރަން ފެށި ފަހުން މި ހިނގާ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ތަނުން 508,008 ޕަސެންޖަރުންނަށް ހިދުމަތް ދީފައިވާ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖެ އައި 255,66 ފަސެންޖަރުންނާއި ރާއްޖެއިން ފުރި 252,340 ފަސެންޖަރުންނެވެ. އާ ޓާމިނަލްގައި މިހާތަނަށް އެންމެ ގިނަ ބަޔަކަށް ހިދުމަތް ދިނީ އިއްޔެ ގައެވެ. އިއްޔެ އެކަނިވެސް 19,551 ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖެ އައި 10،870 ޕަސެންޖަރުންނާއި ރާއްޖެއިން ފުރި 8,681 ޕަސެންޖަރުންނެވެ. އެމްއޭސީއެލް އިން މައުލޫމާތު ދޭ ގޮތުގައި އާ ޕެސެންޖާ ޓާމިނަލަށް މިހާތަނަށް ވަނީ 38 އެއާލައިނެއްގެ އޮޕަރޭޝަންތައް ބަދަލުކޮށްފަ އެވެ.

މައުޟޫޢުތަށް