އާދިއްތަ ދުވަހު 9،613 ފަތުރުވެރިން
އަވަސް
23 ޑިސެމްބަރު 2025 | އަންގާރަ | 11:31
މިދިޔަ އާދިއްތަ ދުވަހު ރާއްޖެއަށް 9،613 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެއަކީ މިފަހުން ރާއްޖެއަށް އެންމެ ގިނައިން އެއް ދުވަހެއްގެ ތެރޭގައި ޓޫރިސްޓުން އައި ދުވަހަށެވެ. އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ހޮނިހިރު ދުވަހުވެސް ރާއްޖެއަށް 9،040 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. ރާއްޖެއަށް އަހަރުގެ މިހާތަނަށް ޖުމްލަ 2,174,423 ފަތުރުވެރިން އައިސްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1,977,432 ފަތުރުވެރިންނަށްވުރެ 10 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖޭގައި ފަތުރުވެރިކަމަށް މިހާރު 178 ރިސޯޓާއި 969 ގެސްޓްހައުސް އާއި 167 ސަފާރީ އަދި 16 ހޮޓާ ދަނީ ހިންގަމުންނެވެ.