މަގު ތަރައްގީކުރާތީ އުޅަނދުތައް ވަގުތީ ގޮތުން 1 ނަންބަރު ޖެޓީއަށް

އަވަސް

23 ޑިސެމްބަރު 2025 | އަންގާރަ | 7:44

މާލޭ ނޯތު ހާބަރުން ހިދުމަތް ހޯދާ އުޅަނދުފަހަރަށް ވަގުތީ ގޮތުން 1 ނަންބަރު ޖެޓީން ހިދުމަތް ދޭން ނިންމައިފި އެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަށް މާލޭ ނޯތު ހާބަރު ހިމެނޭ ސަރަހައްދު ތަރައްގީ ކުރުމަށް އެ ސަރަހައްދުގައި ހުރި ބައެއް އުޅަނދުތައް ނަގަން ވަނީ އަންގާފަ އެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ބޮޑުތަކުރުފާނު މަގުގެ ނޯތު ހާބަރު ހިމެނޭ ސަރަހައްދުގެ މަގު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ނޯތު ހާބަރުގެ ޒޯން އޭގައި އަޅާފައިވާ ފަސިންޖަރުންނާއި މުދާ އުފުލާ އުޅަނދުތައް 1 ނަމްބަރު ޖެޓީ ސަރަހައްދަށް ބަދަލުކޮށް ހިދުމަތް ދިނުމުގައި އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ނަމަވެސް އެސަރަހައްދަށް އުޅަނދުތަކަށް ކައިރި ކުރެވޭނީ ނޯތު ހާބަރުގެ ހުއްދަ ލިބިގެން ކަމަށް އެމްޕީއެލުން ވަނީ ބުނެފަ އެވެ. އެމްޕީއެލުން ބުނި ގޮތުގައި 1 ނަމްބަރު ޖެޓީގައި އުޅަނދު އެންމެ ގިނަވެގެން ބޭއްވޭނީ 10 ދުވަހުގެ މުއްދަތަށެވެ.

މައުޟޫޢުތަށް