ލައިސެންސް ނުނަގާ ވިޔަފާރިކުރި ތިން ބިދޭސީއަކު ހައްޔަރުކޮށްފި
އަވަސް
24 ޑިސެމްބަރު 2025 | ބުދަ | 9:29
ލައިސެންސް ނުނަގާ ވިޔަފާރިކުރި ތިން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރި ބަންގްލަދޭޝްގެ ތިން ފިރިހެނުންނަކީ މުހައްމަދު އިމޮން ކަޒި (32އ) އާއި މުހައްމަދު ޔޫސުފް ޕްރޮދަން (30އ) އަދި ކަޒި ރައިހާން (21އ) އެވެ. އެ އެންމެންވެސް ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެ މީހުން ހައްޔަރުކުރީ އިޖުރާއަތުތަކާއި އެއްގޮތަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މި މައްސަލައިގައި ހިމެނޭ ތިން މީހުންވެސް ވަނީ ވަކީލެއްގެ ފުރުސަތަށް އެދިފަ އެވެ. މިއީ ބަންގްލަދޭޝްގެ މީހުންނަށްވުމުން ކުށުގެ ތުހުމަތުން ސަލާމަތްވުމަށް ރާއްޖެއިން ފިލައިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. މި ތިން މީހުންނަކީވެސް ވޯކް ޕާމިޓާއި ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރުމާއި ރާއްޖޭގައި މަސައްކަތްކުރާ ބައެއް ކަމަށް އައިއޯ ވަނީ ފާހަގަކޮށްފަ އެވެ.