ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި
އަވަސް
24 ޑިސެމްބަރު 2025 | ބުދަ | 12:11
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.
މި ދެ ބޭފުޅުންގެ މިއަދުގެ މި ބައްދަލުވުމަކީ އެމްޑީޕީގެ އެންމެފަހުގެ ރިޔާސީ ޕްރައިމަރީއަށްފަހު މިހެން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އެނގިފައިވާ ގޮތުން މި ބައްދަލުކުރެއްވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ދެ ބޭފުޅުން ގުޅިގެން އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމަށާއި އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ކުރިން އެންމެ ގާތް ދެ ރަހްމަތްތެރިންނެވެ. ނަމަވެސް މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހް ކާމިޔާބު ކުރެއްވުމާއެކު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ރައީސް ނަޝީދު ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފެއްދެވި އެވެ. ރައީސް ނަޝީދު ފަހުން ވަނީ ޑިމޮކްރެޓްސް ދޫކުރައްވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ރައީސް ނަޝީދު ވަނީ މި ފަހުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާވެސް ބައްދަލުކުރައްވާފަ އެވެ.