ހުޅުމާލެ ހިއްކަނީ ކުނި އަޅައިގެނެއް ނޫން: އެޗްޑީސީ
އަވަސް
24 ޑިސެމްބަރު 2025 | ބުދަ | 7:09
ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށް އެޗްޑީސީން ބުނެފި އެވެ.
ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ ހުޅުމާލެ ފޭސް 3 ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށެވެ. "އެޗްޑީސީން މިތަން ހިއްކަމުން މިދަނީ ކުނި އަޅައިގެންނެއް ނޫން. އަޅުގަނޑުމެން މިތަނުގައި މި އަޅަނީ ސީއެންޑީ،" ޒުހައިރު ވިދާޅުވި އެވެ. ޒުހައިރު ވިދާޅުވި ގޮތުގައި ސީއެންޑީ އަޅަނީ ސެގްރިގޭޓް ކުރުމަށްފަހު އެވެ. މީގެ އިތުރުން މޫދަށްދާ ބައިގައި ސްކްރީން ޖަހާފައިވާ ކަމަށާއި ސްކްރީނުން ބޭރުވާބައި ސާފުކުރަމުންދާ ކަމަށްވެސް ޒުހައިރު ވިދާޅުވި އެވެ. އެޗްޑީސީން މިހެން ބުނެފައިވާއިރު ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ބިން ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށް ވިދާޅުވެފަ އެވެ.