ސަފާރީއެއްގައި އަލިފާން ރޯވެއްޖެ
އަވަސް
24 ޑިސެމްބަރު 2025 | ބުދަ | 7:30
ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.
އަލިފާން ރޯވެފައިވަނީ "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވި ސަފާރީ އޮތީ ވ. އަތޮޅު ކުޑައަންބަރާ ކައިރީގަ އެވެ. ސަފާރީގައި އަލިފާން ރޯވުމުން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތު އަދި ނުލިބެ އެވެ.