ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ވޭޕް ނައްތާލައިފި
އަވަސް
24 ޑިސެމްބަރު 2025 | ބުދަ | 7:41
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ވޭޕް އަދި ވޭޕްކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ނައްތާލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މިއަދު ނައްތާލީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގަލޮޅު ޕޮލިހާއި، ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި ވޭޕް އެވެ. ދޫނިދޫގައި މިއަދު ނައްތާލާފައި ވަނީ 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރޭޓެވެ. މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ. އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާ ތަކެއްޗެވެ.