ބިދޭސީން ވިޔަފާރި ހިންގާ 10 ތަނެއް ބަލައިފާސްކޮށްފި

އަވަސް

27 ޑިސެމްބަރު 2025 | ހޮނިހިރު | 8:36

ބިދޭސީން ވިޔަފާރި ހިންގަމުންދިޔަ 10 ތަނެއް ބަލައިފާސްކޮށްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ރޭ ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދިޔަ 10 ތަނެއް ބުރާސްފަތި ދުވަހު ބަލައިފާސްކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި ބިދޭސީން ހިންގާ ބައެއް ވިޔަފާރިތައް ވަނީ ބަންދުކޮށްފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާއިރު މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން މިވެރިކަމުގައި ޑީޕޯޓްކޮށްފައިވެ އެވެ.

މައުޟޫޢުތަށް