ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ

އަވަސް

27 ޑިސެމްބަރު 2025 | ހޮނިހިރު | 8:58

ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ނިންމައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. އެ ގޮތުން ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއާ ތެރަޕިސްޓުންނާއި ސައިކޯ ތެރަޕިސްޓުން ހިމެނޭހެން 250 ދިވެހި ތެރަޕިސްޓުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު އަންނަ މަހުން ފެށިގެން އެ މިނިސްޓްރީން އާންމު ކުރަމުން ގެންދާނެ ކަމަށެވެ. ބައެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިފަދަ ތެރަޕީއަކީ މުހިންމު އެއްޗެކެވެ. އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މައުޟޫޢުތަށް