ކްރޮސްރޯޑްސްގެ ސްޓްރީޓް މާކެޓްގައި ބައިވެރިވާން ހުޅުވާލައިފި
އަވަސް
27 ޑިސެމްބަރު 2025 | ހޮނިހިރު | 9:39
ކްރޮސްރޯޑްސް މޯލްޑިވްސް އިން އަންނަ ހުކުރު ދުވަހު ބާއްވާ ސްޓްރީޓް މާކެޓްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްޓްރީޓް މާކެޓަކީ ކްރޮސްރޯޑްސް މޯލްޑިވްސް އިން ކޮންމެ މަހަކު އެއްފަހަރު ބާއްވާ މާކެޓެކެވެ. މި މާކެޓްގެ ބޭނުމަކީ އެކި ޕްލެޓްފޯމްތަކުގައި ވިޔަފާރިކުރާ ކުދި ވިޔަފާރިތައް ކްރޮސްރޯޑަށް ގެނެސް ގެސްޓުންނަށް ޕްރޮމޯޓްކުރެވޭނެ ގޮތެއް ހޯދައިދިނުމެވެ. އެ ގޮތުން އާޓް އެންޑް ކްރާފްޓް އުފެއްދުންތަކުގެ އިތުރުން ކާބޯތަކެތި ވިއްކުމުގެ ފުރުސަތުވެސް ސްޓްރީޓް މާކެޓުން ލިބޭނެ އެވެ.
ދަ މެރީނާ ކްރޮސްރޯޑްސްގައި ބާއްވާ ސްޓްރީޓް މާކެޓް އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 5:30 ން ރޭގަނޑު 9:30 އަށެވެ. މިއީ ކްރޮސްރޯޑްސްގައި ހިމެނޭ ދެ ރިސޯޓު ކަމަށްވާ ހާޑްރޮކް ހޮޓެލް މޯލްޑިވްސް އަދި ސައި ލެގޫން މޯލްޑިވްސްގެ އިތުރުން ކްރޮސްރޯޑްސް މެރީނާއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މި އުފެއްދުންތައް ދައްކާލައި އިންޓަނޭޝަނަލް މާކެޓަށް ވިއްކުމަށް ލިބޭ ފުރުސަތެކެވެ.