ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ރޯވި އަލިފާން ނިއްވާލައިފި

އަވަސް

27 ޑިސެމްބަރު 2025 | ހޮނިހިރު | 9:48

ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 04:15 ހާއިރު އެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ވިލިމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށާއި މިގޮތުން ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ފަތިހު 05:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް