ވީއައިއޭއަށް ބިޒީ ދުވަހެއް

އަވަސް

28 ޑިސެމްބަރު 2025 | އާދިއްތަ | 11:02

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދަކީ ބާރުބޮޑު ދުވަހެއް ކަމަށް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓްގެ އާ ޓާމިނަލަށް 10،500 ފަސިންޖަރުން އަންނާނެ ކަމަށާއި ބާ ޓާމިނަލަށް 600 ފަސިންޖަރުން އަންނާނެ ކަމަށެވެ. މީގެ އިތުރުން މިއަދު 11،000 ފަސިންޖަރުން ފުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އާ އަހަރާ ދިމާކޮށް ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު ޗުއްޓީއާ ދިމާކޮށް އުމްރާއަށްވެސް ގިނަ ބަޔަކު ދަނީ ފުރަމުންނެވެ. މިއީ ޖުލައި 26 ގައި އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވިފަހުން އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަހެވެ.

މައުޟޫޢުތަށް