ޚާލިދާ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަވަސް
30 ޑިސެމްބަރު 2025 | އަންގާރަ | 9:47
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޚާލިދާ އަވަހާރަވުމުން ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާފަ އެވެ. ޚާލިދާ ޒިޔާ އަވަހާރަވީ ޑާކާގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ ފަތިހު އެވެ. ޚާލިދާ އަވަހާރަވީއިރު އުމުރުފުޅަކީ 80 އަހަރެވެ. ޚާލިދާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ތިން ފަހަރު ކުރައްވާފަ އެވެ. އަދި ޝައިހް ހަސީނާގެ ވެރިކަމުގައި ކޮރަޕްޝަންގެ ދައުވާކޮށް އެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި ޚާލިދާ 2018 ވަނަ އަހަރު ޖަލަށްލި އެވެ.