ވީއައިއޭގައި ޑޮލަރު މާރުކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

އަވަސް

30 ޑިސެމްބަރު 2025 | އަންގާރަ | 10:05

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޑޮލަރު މާރުކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ތުސާރު ދަލި (20އ) އެވެ. މި މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެއާޕޯޓްގެ ޓާމިނަލް 2 ގެ ޑްރޮޕް އޭރިއާގައި އޭނާ ޑޮލަރު މާރުކުރުމަށް ހަރަކާތްތެރިވާ ތަން ފެނިގެން ހުއްޓުވި ކަމަށާއި އޭނާ އަތުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނެތް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. މީގެ އިތުރުން އޭނާ މަސައްކަތް ކުރަނީ ކާކަށް ނުވަތަ ސްޕޮންސަރަކީ ކާކުކަން ބުނެނުދެވޭ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް