އަދާލަތު ޕާޓީގެ ރައީސް ކަމަށް ހުޅުވާލައިފި

އަވަސް

30 ޑިސެމްބަރު 2025 | އަންގާރަ | 10:22

އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

އަދާލަތު ޕާޓީގެ ހަތަރު ވަނަ ދައުރުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައި އެޕާޓީން ކުރި އިއުލާނުގައި ބުނީ އިންތިހާބަށް ކުރިމަތިލެވޭނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ކަމަށެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންވާނެ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީން ބުނީ ރައީސްގެ މަގާމަށް އެކަކު ކުރިމަތިލައިފިނަމަ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށެވެ. ރައީސް ކަމަސް އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލައިފިނަމަ ޕާޓީގެ މެންބަރުންގެ މެދުގައި ސިއްރު ވޯޓެއް ޖެނުއަރީ 31 ވަނަ ދުވަހު ނަގާނެ ކަމަށާއި މި ވޯޓު ނަގާނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ޖެނުއަރީ 8 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

މައުޟޫޢުތަށް