ސަނީގެ ތަހުގީގަށް ކުރިއެރުންތައް ލިބޭ: ފުލުހުން
އަވަސް
30 ޑިސެމްބަރު 2025 | އަންގާރަ | 5:57
ޑރ. ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސަނީ އުމަރު ހައްޔަރުކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. ފުލުހުން މިއަދު ބުނީ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ. ސަނީ އުމަރު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުންކުރި އަމުރު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށެވެ. ސަނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަންހެނުންގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެއްގައި ކަމަށް ސޯޝަލްމީޑިއާގައި އާންމު އެކި ފަރާތްތަކުން ބުނެފައިވެ އެވެ.