ޑައިރެކްޓަރު ފައްތާހް ނިޔާވެއްޖެ
އަވަސް
30 ޑިސެމްބަރު 2025 | އަންގާރަ | 8:48
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ކެލާގެ ރައީސް ކަމަށް ކުރިމަތިލުމަށްޓަކައި ޕީއެންސީން ޓިކެޓް ދީފައިވާ ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހް ނިޔާވެއްޖެ އެވެ.
ފައްތާހް މިރޭގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެ އެވެ. ފައްތާހު ނިޔާވީ ހާޓް އެޓޭކާ ގުޅިގެން ހއ. ކެލާ އިން ހއ. ދިއްދޫއަށް ގެންގޮސް އެ ރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އުމުރުން 54 އަހަރުގެ ފައްތާހު އެންމެ ފަހުން ޑައިރެކްޓް ކުރީ 2017 ވަނަ އަހަރު ނެރުނު "ހައްދު" ފިލްމު އެވެ. ފައްތާހް އޭގެ ފަހުން ރަށަށް ބަދަލުވެ އޭނާ ގެންދިޔައީ ކެލާގައި އަމިއްލަ ވިޔަފާރިއެއް ހިންގަމުންނެވެ.