ފެން ހިންދާ ނިޒާމާއި ސެޓްލްމަންޓް ޓޭންކުތަކުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެ

އަވަސް

31 ޑިސެމްބަރު 2025 | ބުދަ | 8:35

މާލޭ ބޮޑުތަކުރުފާނު މަގުގެ މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ފެން ހިންދާ ނިޒާމާއި ސެޓްލްމަންޓް ޓޭންކުތަކުގެ މަސައްކަތުގެ 50 އިންސައްތަ ނިމިއްޖެ އެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީ އިން ބުނީ މަގު ހިނގާ މީހުންނަށް ހާއްސަ ސަރަހައްދު ތަރައްގީކުރުމަށްޓަކައި ކާބްސްޓޯން ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން އަލަށް ގާއިމުކުރާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ވެސް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތެވެ. މި ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ސެގްމެންޓަކަށް ބަހާލައިގެންނެވެ. މި މަސައްކަތުގެ ފުރަތަމަ ސެގްމަންޓުގެ ދަށުން މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ނޯތުހާބަރުގެ އިރުމަތީ ކޮޅުން ފެށިގެން ހުޅަނގަށް 100 މީޓަރު ހިމެނޭ ސަރަހައްދެކެވެ.

މައުޟޫޢުތަށް