މަންޑޭ 397 އަހަރަށް ޖަލަށް

އަވަސް

31 ޑިސެމްބަރު 2025 | ބުދަ | 11:50

"ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް -- ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރުގެ ގޮތުގައި ކުރިން ހުރި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެތައް ބަޔަކަށް ފްލެޓް ހަދައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާތީ ޑިސެމްބަރު 13، 2023 ގައި މަންޑޭގެ މައްޗަށް ދައުލަތުން ޖުމްލަ 104 ދައުވާއެއް ކޮށްފައިވެ އެވެ. މީގެ ތެރޭގައި ޓެކުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ ހިމެނެ އެވެ. މަންޑޭގެ މައްޗަށް ސާބިތުވީ ޓެކުމުގެ 46 ދައުވާއާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.

މައުޟޫޢުތަށް