ބަނގުރާ އުފައްދާ ވިޔަފާރިކުރާ ބިދޭސީންތަކެއް ހައްޔަރުކޮށްފި

އަވަސް

31 ޑިސެމްބަރު 2025 | ބުދަ | 4:17

ބަނގުރާ އުފައްދާ، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ފަސް މީހުން ހައްޔަރުކޮށްފި އެވެ.

މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ، މައްޗައްގޯޅި ގެއެއް ބަލައިފާސްކުރުމަށްފަހު އެވެ. އެ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވެ އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރިޔަ (44އ) އާއި، ސަރަވަނާން ސުބާއިހް (43އ) އާއި، ސިތްރިމަން ގަނިސަން (53އ) އާއި، ރަވިންދުރަ ކުމާރު (37އ) އާއި، ރާޖާ ރަމަލިންގަމް (47އ) އެވެ. މި އެންމެންނަކީ ވެސް އިންޑިއާ މީހުންނެވެ. ފުލުހުން ބުނީ މި އެންމެން ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށް މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މައުޟޫޢުތަށް