ރުގްޔާގެ ނަމުގައި ޖިންސީ ގޯނާކުރި ބަޔަކު ދިގު މުއްދަތަކަށް ޖަލަށް
އަވަސް
31 ޑިސެމްބަރު 2025 | ބުދަ | 9:00
ރުގުޔާ ކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ ތިން ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާޢީލް ވަހީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ، މުހައްމަދު އަސީލްގެ މައްޗަށެވެ. މި ދެ މީހުންނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި 12 ދައުވާއެއް އުފުލީ ޑިސެންބަރު 30، 2020 ގައެވެ. ކްރިމިނަލް ކޯޓުން މިއަދު ވަނީ ދައުވާ ލިބޭ މީހުންގެ މައްޗަށް 12 ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.
ދައުވާތައް ސާބިތުވުމާ ގުޅިގެން މުހައްމަދު އަސީލް ޖުމްލަ 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.