ފުރަތަމަ ފަތުރުވެރިޔާއަކީ ޖަރުމަނު މީހެއް

އަވަސް

1 ޖެނުއަރީ 2026 | ބުރާސްފަތި | 2:28

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔަކަށް ޖަރުމަނުގެ ތޯމަސް އެންޑްރިއާސް ވެއްޖެ އެވެ.

އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއެކު އެވެ. އިއްތިހާދު އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައި ތޯމަސް ބުނީ މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށެވެ. ރާއްޖެއަށް ކޮންމެ އަހަރަކުވެސް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިޔާއަށް ދަނީ މަރުހަބާ ކިޔަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މައުޟޫޢުތަށް