ޒަކާތުގެ ގާނޫނުގެ މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރައްވައިފި
އަވަސް
1 ޖެނުއަރީ 2026 | ބުރާސްފަތި | 3:21
ޒަކާތުގެ ޤާނޫނުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިއަދު، މޯލްޑިވްސް ޒަކާތު ހައުސް ގާއިމުކުރައްވައިފި އެވެ.
މިއާއެކު، ޒަކާތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުންއައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން ވަނީ އުވާލާފަ އެވެ. އިސްލާމްދީނުގައި ޒަކާތް ޝަރުއުކުރައްވާފައިވާ މަގުސަދުތައް ހާސިލުކުރެވޭނެ ގޮތެއްގެމަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާ ގޮތެއްގައި އިންތިޒާމުކޮށް ތަރުތީބުކުރުމަށްޓަކައި، ރާއްޖޭގެ ޒަކާތުގެ ނިޒާމުގެ ޤާނޫނީ އޮނިގަނޑު ބަޔާންކޮށް، ޒަކާތާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޒަކާތުގެ ބިލު ތަސްދީގުކުރައްވާފައިވަނީ، ނިމިދިޔަ 2025 ވަނަ އަހަރުގެ ޑިސެންބަރު 6 ވަނަ ދުވަހުއެވެ. މި ފެށުނު އާ އަހަރާއެކު، މި ގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.