މޯލްޑިވިއަންގެެ ދަތުރުތައް މާޗް މަހު ޑާކާއަށް

އަވަސް

2 ޖެނުއަރީ 2026 | ހުކުރު | 11:12

ގައުމީ އެއާލައިން -- މޯލްޑިވިއަންގެެ ދަތުރުތައް މާޗް މަހު ބަންގްލަދޭޝްގެ ޑާކާއަށް ފެށުމަށް ނިންމައިފި އެވެ.

މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް ފެށުމަށް ހަމަޖެހިފައިވަނީ މާޗް 12 ވަނަ ދުވަހު އެވެ. ހަފުތާއަކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު ދަތުރުތައް އޮންނާނީ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހު ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ. މި ދަތުރުތަކުގެ ދެކޮޅު ޓިކެޓް ފެއާ ރޭޓް ފެށެނީ 399 ޑޮލަރުންނެވެ. މި ދަތުރުތަކަށް 30 ކިލޯގެ ބެގޭޖް އެލަވަންސް ލިބެ އެވެ. މޯލްޑިވިއަނުން މީގެ ކުރިން ޑާކާއަށް ދަތުރުކުރި އެވެ.

މައުޟޫޢުތަށް