ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދު
އަވަސް
2 ޖެނުއަރީ 2026 | ހުކުރު | 11:38
ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސަނީ އުމަރު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ބުނީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ސަނީ އުމަރު ހައްޔަރުކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބުނެފަ އެވެ. ސަނީ ހައްޔަރުކޮށްފައިވަނީ އޭނާގެ އަންހެނުންގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތެއްގައި ކަމަށް ސޯޝަލްމީޑިއާގައި އާންމު އެކި ފަރާތްތަކުން ބުނެފައިވެ އެވެ.