ބިދޭސީންތަކެއް ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްްޔަރުކޮށްފި
އަވަސް
3 ޖެނުއަރީ 2026 | ހޮނިހިރު | 10:11
މާލޭގައި ދިރިއުޅޭ ބިދޭސީންތަކެއްގެ މެދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްްޔަރުކޮށްފި އެވެ.
މާރާމާރީ ހިންގާފައިވަނީ ރޭ 11:20 ހާއިރު ހ. ވައިޖެހޭމަގުގައެވެ. ފުލުހުން ބުނީ މާރާމާރީގެ ރިޕޯޓާ ގުޅިގެން ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.