ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ވިއްކި ބަޔަކު ހައްޔަރުކޮށްފި
އަވަސް
3 ޖެނުއަރީ 2026 | ހޮނިހިރު | 10:50
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު 31 ވަަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައި ފާސްކުރިއިރު 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ. މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝޭކަރު ހޮސައިން، އިންޑިއާ (34އ) އާއި، ރަސެލް މިއާ، ބަންގްލަދޭޝް (35އ) އާއި، ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ، ސްރީލަންކާ (27އ) އާއި، ތަރަކަ ސަމަން ކުމާރަ ދޭވަ، ސްރީލަންކާ (35އ) އަދި ހ. ބިންމަތީއާގެ / މާލެ، މުހައްމަދު މަނިކު (52އ) އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝޭކަރާއި ރަސެލް މިއާ ފަސް ދުވަހަށް، ޕުބުދު އަސެލަ ބަންދަރަ އާއި ތަރަކާ ސަމަން ކުމާރަ ދޭވަ ހަތްދުވަހަށް އަދި މުހައްމަދު މަނިކު ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.