އެމެރިކާ އިން މަޑޫރޯ ވަގަށް ނަގައިފި
އަވަސް
3 ޖެނުއަރީ 2026 | ހޮނިހިރު | 3:50
އެމެރިކާ އިން ވެނެޒުއޭލާއަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު އެ ގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އެމެރިކާގެ ބެލުމުގެ ދަށަށް ގެންގޮސް ވެނެޒުއޭލާ އިން ބޭރަށް ގެންގޮސްފި އެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ސޯޝަލްމީޑިއާގައި އެމެރިކާ އިން އެގޮތަށް އަމަލުކޮށްފައިވާ ކމަަށް ވިދާޅުވެފަ އެވެ. މަޑޫރޯއާއި އޭނާގެ އަނބިކަނބަލުން ވެނެޒުއޭލާ އިން ބޭރަށް ގެންދިޔަ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ގެންދިޔަ ވަކި ތަނެއް ހާމަކުރައްވާފައެއް ނުވެ އެވެ. އެމެރިކާ އިން ވެނެޒުއޭލާއަށް ހަމަލާ ދޭނެ ކަމުގެ އިންޒާރުތައް ދެމުންދާތާ އެތައް ހަފްތާތަކެއް ފަހުން މައިގަނޑު ގޮތެއްގައި ހަމަލާ ދީފައިވަނީ ވެނެޒުއޭލާގެ އަސްކަރީ ތަންތަނަށެވެ. އެމެރިކާގެ ހަމަލާތަކާ ގުޅިގެން ވެނެޒުއޭލާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި މަޑޫރޯ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެކަމަކު މަޑޫރޯ ވަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮުކުރައްވާފަ އެވެ.