ދައުރުން ބޭރު ޖަލްސާއެއް މާދަމާ

އަވަސް

4 ޖެނުއަރީ 2026 | އާދިއްތަ | 2:52

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާއެއް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާގައި ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން ބިލެއްގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސް ފެށުމަށް އެޖެންޑާކޮށްފައިވެ އެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅުއްވަނީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހް އެވެ. މީގެ އިތުރުން ގާނޫނުލްއުގޫބާތަށް ގެންނަ އިސްލާހަކާއި ޕެންޝަނާބެހޭ ގާނޫނަށް އިސްލާހެއް ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވާ އިބްތިދާއީ ބަހުސް ފެށުމަށްވެސް އެޖެންޑާކޮށްފައިވެ އެވެ. ދައުރުން ބޭރުގައި މާދަމާ ބާއްވާ ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސް އައްޔަންކުރުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް އެޖެންޑާކޮށްފައިވެ އެވެ.

މައުޟޫޢުތަށް