މުއައްސަސާތަކުގެ ފެންވަރު ރަނގަޅުކުރަން ދިރާސާއެއް ހަދަނީ
އަވަސް
4 ޖެނުއަރީ 2026 | އާދިއްތަ | 9:00
މުއައްސަސާތަކުގެ ފެންވަރު ރަނގަޅުކުރަން ނެޝެނަލް އިންޓެގްރިޓީ ކޮމިޝަން(އެންއައިސީ)އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން ދިރާސާކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްއެންޔޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމް އެވެ. އެންއައިސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ޝުއައިބު އަބްދުއްރަހްމާން އެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ހެކިތަކުގެ އަލީގައި އަމަލީގޮތުން މަސައްކަތްތައް ކުރުމާއެކު މުއައްސަސާތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ދާއިރާއާ ގުޅޭ މައުލޫމާތު މުއްސަނދިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ތަފާތު ރިސާޗް ޕްރޮގްރާމްތަކާއި، އޮން-ދަ-ޖޮބް ޓްރެއިނިން، ސެމިނާ، ވޯކްޝޮޕްތަކުގެ ފުރުސަތުތައް ހުޅުވާލުމަށް ހަމަޖެހިފައިވެ އެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަތައް އިތުރުވެގެންދާނެ ކަމަށާއި އަދި ދިރާސާގެ އަލީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ދިވެހިރާއްޖޭގެ މުސްތަގުބަލު ބިނާކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެމްއެންޔޫ ބުންޏެވެ.