ހަތް ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީއަކު އަތުލައިގެންފި

އަވަސް

4 ޖެނުއަރީ 2026 | އާދިއްތަ | 9:00

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދއި އެ ތަންތަން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިއަދު މާލޭގެ ހަތް ތަނެއް ބަލައި ފާސްކޮށް ދެ ބިދޭސީއަކު އަތުލައިގެންފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެ އިދާރާއާއި އިކޮނޮމިކް މިނިސްޓްރީއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިއަދު މާލޭގެ ހަތް ތަނެއް ބަލައި ފާސްކޮށް، ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދައި ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 56 ވިޔަފާރިއެއް މިވެރިކަމުގެ ތެރޭގައި ވަނީ ބަންދުކޮށްފަ އެވެ. ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީއެއް އުޅޭނަމަ އެ މައުލޫމާތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 އާއި ދެމެދު އިކޮނޮމިކް މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް މައްސަލަ ހުށަހަޅޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މައުޟޫޢުތަށް