ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން ފެނުނު ހަށިގަނޑު އޮތީ ކުނިވެފަ: ފުލުހުން

އަވަސް

5 ޖެނުއަރީ 2026 | ހޯމަ | 11:16

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ އިއްޔެ ހަވީރު 4:24 ހާއިރު އެވެ. ފުލުހުން މިއަދު ބުނީ އެ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައި އޮތުމުގެ ސަބަބުން ޖިންސް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. ނަމަވެސް، ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރެމުގެ މަސައްކަތް ކުރަމުންދާ ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް