އުރީދޫގެ 13 ވަނަ އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް އައިޝަތު މުހައްމަދު ދީދީ
އަވަސް
5 ޖެނުއަރީ 2026 | ހޯމަ | 8:37
އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގައި އުމްރާ ދަތުރު ލިބޭ 13 ވަނަ ނަސީބުވެރިއަކަށް އައިޝަތު މުހައްމަދު ދީދީ، ސ. ހިތަދޫ ހޮވިއްޖެ އެވެ.
އުރީދޫގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ލިބޭ ކެމްޕެއިނެކެވެ. މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭއިރު ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒްއަކީ ދެ މީހަކަށް ހައްޖު ދަތުރެކެވެ.
އުރީދޫގެ 20 އަހަރުގެ ކުޑަ މުއްދަތުގައި އެ ކުންފުނިން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލްކޮށްފަ އެވެ. މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ. ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ ތިރީގައިވާ އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.