ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
އަވަސް
5 ޖެނުއަރީ 2026 | ހޯމަ | 8:00
ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު، ފަލަކް، ޝާއިން އަލީ (27އ) އާއި، އއ. ފެރިދޫ، އިޙްރާމްގެ، އާއިޝަތު މާޝާ އަހްމަދު (20އ) އެވެ. ފުލުހުން އިއްޔެގެ ވަގުތެއްގައި ހިންގި މި އޮޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާއިރު އެއެޕާޓްމަންޓުން 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ. މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.