ފުރަތަމަ ހަތަރު ދުވަހު 29،000 ފަތުރުވެރިން
އަވަސް
6 ޖެނުއަރީ 2026 | އަންގާރަ | 7:11
މި އަހަރުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި 29،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި 29،596 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 25،076 ފަތުރުވެރިންނަށްވުރެ 18 ޕަސެންޓް އިތުރު އަދަދެކެވެ.
ފަތުރުވެރިންގެ ތެރެއިން 29،167 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 129 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 93 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 83 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 73 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 51 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.