ހައްޖު ކޯޕަރޭޝަނުން ރެޒިޑެންޝަލް އިމާރާތެއް އަޅާނެ ބަޔަކު ހޯދަނީ
އަވަސް
6 ޖެނުއަރީ 2026 | އަންގާރަ | 7:44
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރެޒިޑެންޝަލް އިމާރާތެއް އަޅާނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާނުކޮށްފި އެވެ.
މި އިމާރާތް އަޅަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. ބިޑް ކުރިއަށް ގެންދެވޭނީ ރާއްޖޭގެ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ހަވީރު 3:00 ގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީވާން ޖެހެ އެވެ. މި މަޝްރޫއުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނޮން-ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 30،000 ރުފިޔާ ނުވަތަ 2،000 ޑޮލަރު މިމަހުގެ 12 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ދައްކަން ޖެހެ އެވެ. މީގެ އިތުރުން މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދެއްގެ އެމެރިކާ ޑޮލަރު ހުށަހަޅަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ. ހުޅުމާލޭގައި ރެޒިޑެންޝަލް އިމާރާތެއް އަޅާނެ ބަޔަކު ހޯދަން ހައްޖު ކޯޕަރޭޝަނުން އިއުލާނުކުރިއިރު މާފުށީގައި ހޮޓަލެއް އަޅާނެ ބަޔަކު ހޯދަން މިދިޔަ އަހަރު އެ ކޯޕަރޭޝަނުން އިއުލާނުކުރި އެވެ.