މާމިގިލީގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

އަވަސް

6 ޖެނުއަރީ 2026 | އަންގާރަ | 6:20

އދ. މާމިގިލީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

މާމިގިލީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެ ރަށުގެ މަގުތައް ތަރައްގީކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ މަގުތަކުގައި ކޭބަލް ޖަންކްޝަން އަދި ސެޓްލްމަންޓް ހޮޅި އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ތާރުއެޅުމުގެ ކުރިން އަޅާ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އާރްޑީސީ އިން ވަނީ ބުނެފަ އެވެ. އާރްޑީސީ އިން ބުނި ގޮތުގައި ޕަމްޕް ސްޓޭޝަންތަކުގެ 61 ޕަސެންޓް އަދި ދުވާރުގައި ކުރަންޖެހޭ މަސައްކަތުގެ 99 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މާމިގިލީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 4.89 ކިލޯމީޓަރު ހިމެނޭހެން ހަ މަގެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މައުޟޫޢުތަށް