އީސީގެ މެންބަރު ކަމަށް ހުޅުވާލައިފި
އަވަސް
7 ޖެނުއަރީ 2026 | ބުދަ | 12:46
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އީސީގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ޑރ. މުހައްމަދު ޒާހިރުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ. ރައީސް އޮފީހުން ކުރި އިއުލާނުގައި ވަނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.
އީސީ އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ.